ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހުސްކުރަނީ

އަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ. އަރަބިއްޔާ ސްކޫލުގެ ޢިމާރާތަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް ދާއިމީ ޢިމާރާތެއް ލިބެންދެން ވަގުތީ ހައ...

18 Mar 2022 | 06:45

އަރަބިއްޔާ ސްކޫލުގެ އައު ޢިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އަރަބިއްޔާ ސްކޫލުގެ ޢިމާރާތަށް ދިމާވެފައިވާ މައްސަލަ ޙައްލުކޮށް ދާއިމީ ޢިމާރާތެއް ލިބެންދެން ވަގުތީ ހައްލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީ ހިންގި ވަގުތީ ޢިމާރާތް ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.

އަދި ޢަރަބިއްޔާގެ އައު އިމާރާތެއް އެޅުމަށް ނިންމާފައިވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިޚާބާއި ބެހޭ މަރުކަޒު ހުރި، ބައު ޖަމާލުއްދީނުގައެވެ.

އީސީގެ ސެކެރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ޕީއެސްއެމް އަށް ވިދާޅުވެފައިވަނީ ހަފްތާ ބަންދުގެ ތެރޭގައި އިމާރާތް ހުސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވާފައިވާކަމާށެވެ. އެގޮތުން އިމާރާތުގައި އިލެކްޝަންސް ކޮމިޝަންގެ ގިނަ އަދަދެއްގެ ސަމާނު ހުރުމުން އެތަކެތި ވަގުތީގޮތުން ޢަރަބިއްޔާގެ އިމާރާތަށް ބަދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ.

ނަމަވެސް އެއިދާރާގައި މަސައްކަތް ކުރާ މުވައްޒިފުންނަށް މިވަގުތަށް މަސައްކަތްކުރާނެ ތަނެއް ނެތްކަމަށާއި

އެހެންކަމުން ތަނެއް ހޯދުމުގެ މަސައްކަތް އީސީން ކުރާކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ޢަރަބިއްޔާ ސްކޫލު އެހެންތަނަކަށް ބަދަލުކުރަން ޖެހުނީ އެސްކޫލުގެ ޢިމާރާތުގެ ޙާލަތަށް ބަލާއިރު އެއީ ކިޔަވައިދޭން އެންމެ ރައްކާތެރި ތަން ނޫންކަމަށްވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް