ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެންބަރުން ތިބި ހަތަރު ޕާޓީގެ ތެރެއިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ފައިސާ ދޫކުރުމަށް އިލެކްޝަންސް ކޮމިޝަނުުން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފިއެވެ.
މިކަން ހާމަކޮށް ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ހުށަހަޅަން ޖެހޭ ރިޕޯޓްތައް ހުށަހެޅި ދެ ޕާޓީއަކީ ޕީޕީއެމް އާއި ޖޭޕީ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ ރިޕޯޓްތައްވެސް މިހާރު ލިބިފައިވާއިރު އެމްޑީޕީގެ ރިޕޯޓްތައްވެސް އަންނަ ހަފްތާގެ ތެރޭގައި ލިބޭނެ ކަމުގެ އުންމީދުކުރައްވާކަމުގައި އޭނާ ވިދާޅުވެފައިވެއެވެ.
ފައިސާ ދޫކުރާ ހަތަރު ޕާޓީއާއި ދޫކުރާ އަދަދުތައް:-
- އެމްޑީޕީއަށް 15،024،009.96 (54660 މެމްބަރުން)
- ޕީޕީއެމަށް 9،410،483.51 (34237 މެމްބަރުން)
- ޖޭޕީއަށް 5،526،669.74 (20107 މެމްބަރުން)
- އޭޕީއަށް 2،900،903.79 (10554 މެމްބަރުން)
ސިޔާސީ ޕާޓީގެ ދަފްތަރުގައި ޖުމްލަ 11 ޕާޓީއެއް އޮތް އިރު ދައުލަތުން ފައިސާ ދެނީ 10 ހާހަށްވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް