އިތުރު ހަ މީހަކަށް ސްވައިން ފްލޫ ޖެހިއްޖެ

ހަލުވިކަމާއި އެކު ފެތުރެމުންދާ އެޗް1އެން1 އިތުރު ހަ މީހަކަށް ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިއަހަ...

18 Mar 2017 | 15:03

ހަލުވިކަމާއި އެކު ފެތުރެމުންދާ އެޗް1އެން1 އިތުރު ހަ މީހަކަށް ޖެހިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 114 މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ. އަދި 350 މީހަކު މި ބައްޔަށް ޓެސްޓު ކުރެވިފައިވާ ކަމަށް ބުނެ އެވެ.

އެޗްޕީއޭއިން ބުނީ މި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ މީގެ ތެރެއިން ހަ މީހަކަށް ކަމަށެވެ. އަދި ސީރިއަސް ހާލަތެއްގައި އޮތީ ދެ މީހުން ކަމަށެވެ.

މިހާތަނަށް މި ބަލީގައި މަރުވެފައި ވަނީ ދެ މީހުންނެވެ. އެއީ 51 އަހަރުގެ އަންހެނަކާއި 26 އަހަރުގެ ފިރިހެނެކެވެ.

ހަލުވިކަމާއި އެކު ސްވައިން ފްލޫ ފެތުރެމުންދާތީ މާލޭގެ ފަސް ސަރަހައްދެއްގައި ދަނީ ފްލޫ ކްލިނިކްގެ ހިދުމަތް ދެމުންނެވެ. އެއީ އައިޖީއެމްއެޗުގެ ފްލޫ ކްލިނިކް (ތާޖުންދީން ސްކޫލް)، އޭޑީކޭ ފްލޫ ކްލިނިކް (ސޯސަންގެ)، ހުޅުމާލޭ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި އޭޑީކޭގެ މޮބައިލް ފްލޫ ކްލިނިކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް