އައިޝްވާރިޔާގެ ބައްޕަ މަރުވެއްޖެ

ބޮލީވުޑްގެ ތަރި އަދި މިސް ވޯލްޑްގެ ލަގަބު ހޯދާފައިވާ އައިޝްވާރިޔާ ރާއީ ބައްޗަންގެ ބައްޕަ ކްރިޝްނަރާޖް ރާއީ މަރުވެއްޖެ އެވެ. ކްރިޝްނަރާޖް މަރުވެފައިވަނީ މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލުގައި މިއަދު އެވެ. ...

18 Mar 2017 | 14:57

ބޮލީވުޑްގެ ތަރި އަދި މިސް ވޯލްޑްގެ ލަގަބު ހޯދާފައިވާ އައިޝްވާރިޔާ ރާއީ ބައްޗަންގެ ބައްޕަ ކްރިޝްނަރާޖް ރާއީ މަރުވެއްޖެ އެވެ.

ކްރިޝްނަރާޖް މަރުވެފައިވަނީ މުމްބާއީގެ ލިލަވަތީ ހޮސްޕިޓަލުގައި މިއަދު އެވެ. އޭނާ އަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަތާ މިހާރު ދެ ހަފްތާ ވަރު ވެއްޖެ އެވެ.

އޭނާ މަރުވުމުން އައިޝްވާރިޔާގެ އާއިލާ ކަމަށްވާ ބައްޗަން އާއިލާގެ ހުރިހާ މެންބަރުން ހޮސްޕިޓަލަށް އެގަޑީގައި ދިޔަ ކަމަށް ވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އައިޝްވާރިޔާގެ ބައްޕަ މަރުވި އިރު ދިޔައީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ. އައިޝްވާރިއާގެ ބައްޕަގެ ހާލު މާބޮޑަށް ސީރިއަސް ކަމުން އައިޝްވާރިޔާގެ ފިރިމީހާގެ އާއިލާ އިން މިދިޔަ ހަފްތާގައި އިންޑިއާގައި ފާހަ ކުރި ހޯލީ ކުޅެފައިއެއް ނުވެ އެވެ.

މިދިޔަ ޖެނުއަރީ މަހުވެސް ކްރިޝްނަރާޖު ވަނީ ހާލުދެރަވެގެން ހޮސްޕޮޓަލްގައި އެޑްމިޓް ކޮށްފައި އެވެ. އެފަހަރު އައިޝްވާރިޔާ ވަނީ ޗުއްޓީއަށް ދުބާއީ އަށް ކުރި ދަތުރު ކުރުކޮށްލުމަށް ފަހު އިންޑިއާއަށް ގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް