ފަލަސްތީނުގައި އުފަންވި އިރު ގުޅިފައިވާ ދެ ކުދިންގެ އިނީ އެންމެ ހިތެއް!

އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ޕަލަސްތީނުގެ ވެސްޓް ބޭންކުގައި ވިހޭ އިރު ގުޅިފައިވާ ދެ ކުދިންގެ އިނީ އެއް ހިތެއް ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އެ ދެ ކުދިންގެ އާއިލާއިން ބުނެފި އެވެ. އެ ދެ ކުދިންގ...

18 Mar 2017 | 11:12

އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ ޕަލަސްތީނުގެ ވެސްޓް ބޭންކުގައި ވިހޭ އިރު ގުޅިފައިވާ ދެ ކުދިންގެ އިނީ އެއް ހިތެއް ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އެ ދެ ކުދިންގެ އާއިލާއިން ބުނެފި އެވެ.

އެ ދެ ކުދިންގެ ބައްޕަ އަންވަރު މީޑިއާގައި ބުނެފައިވަނީ އެ ދެ ކުދިންގެ އެއް ހިތެއް އިން ނަމަވެސް އޮޕަރޭޝަންކޮށް އެ ދެ ކުދިންގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށެވެ. އެކަމަކު އެ އޮޕަރޭޝަން ޕަލަސްތީނުން ކުރެވެން ނެތް ކަމަށާއި ދާންޖެހޭނީ ސައުދީ އަރަބިއްޔާއަށް ކަމަށް ޑޮކްޓަރުން ބުނި ކަމަށެވެ.

އަންވަރުގެ މިހާރުވެސް 10 ކުދިން އެބަ ތިއްބެވެ. އޭނާ ބުނީ ބޭނުންވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަން ކަމަށެވެ.

އަސިލް އަދި .. ނަން ދީފައިވާ އެ ދެ ކުދިންގެ ހާލު އަދި ރަނގަޅެވެ. އުފަންވި އިރު އެ ދެކުދިންގެ މައިބަދަ އާއި އަރި ކަށި އޮތީ ގުޅިފައި އެވެ. އާންމުކޮށް މިގޮތަށް އުފަންވާއިރު ކުދިން ގުޅިފައި އޮންނަނީ ދެ ކުދިންނަށް ބަލިވެ އިދެ އެކަމަކު މާބަނޑު ދުވަސްވަރު ދިމާވާ ކަމަކުން ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ވެސްޓް ބޭންކުގައި މިދިޔަ އަހަރު ފަހު ކޮޅުވެސް ވަނީ ގުޅިފައިވާ ދެ ކުދިން ވިހާފައި އެވެ. އެކަމަކު އޮޕަރޭޝަންގެ ތެރެއިން އެ ދެ ކުދިން ވަނީ މަރުވެފައި އެވެ.

..............

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް