ހ. މުޅަދޫގޭގައި ހުރި ގޭސް ފުޅއެއް ގޮވައި ހިނގި ހާދިސާއެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ އަންހެނަކާއި ދެ ކުޑަކުދިންނަށެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ކުރުމުން ފުލުހުން ގޮސް އެމީހުންނަށް އެހީތެރި ވެދީފައިވާނެ ކަމަށެވެ.
އެކަމަކު މާ ބޮޑަށް އެއްވެސް މީހަކު ފިހިފައެއް ނުވެ އެވެ. އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު ވިދާޅުވީ އެ ތިން މީހުންނަށް ފަރުވާދެމުން ދަނީ އެމަޖެންސީގައި ކަމަށާއި ހާލު ސީރިއަސް ނޫން ކަމަށެވެ.
...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް