ރާއްޖޭގައި ސްވައިން ފްލޫ ފެތުރޭތީ ސްރީލަންކަން އިން ފިޔަވަޅުތަކެއް އަޅަނީ

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އާއި ގުޅިގެން ސްރީލަންކަން އެއާލައިންސް އިން ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ. އެ އެއާލައިނާ ހަވާލާދީ ލަނ...

18 Mar 2017 | 09:30

ރާއްޖޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އާއި ގުޅިގެން ސްރީލަންކަން އެއާލައިންސް އިން ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

އެ އެއާލައިނާ ހަވާލާދީ ލަންކާ މީޑިއާގައި ރިޕޯޓު ކޮށްފައިވާގޮތުގައި ސްރީލަންކަން އިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވަނީ ރާއްޖެއަށް ދަތުރު ކުރާ ފްލައިޓުތަކުގައި އެވެ. އެގޮތުން ކެބިން ކްރޫއިން މާސްކު އަޅާ އިރު ބޭނުންވާ ފަސެންޖަރުންނަށްވެސް މާސްކު ދޭނެ އެވެ.

މި ފިޔަވަޅުތައް އެޅީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވަނީ އެލާޓާއި ގުޅިގެން ކަމަށް ބުނެފައިވެ އެވެ.

މިއަހަރުގެ މިހާތަނަށް 108 މީހަކަށް ވަނީ ސްވައިން ފްލޫ ޖެހިފައި އެވެ. ރާއްޖޭގެ އިތުރުން އަވައްޓެރި އިންޑިއާގައިވެސް ދަނީ ސްވައިން ފްލޫ ފެތުރެމުންނެވެ.

އެކަމަކު ސައުދީ ރަސްގެފާނު ވިޔަވާ މިހާތަނަށް ރާއްޖެއަށް ދަތުރު ކުރަން ހަމަޖެހިފައި ބޭފުޅަކު ނުވަތަ ފަތުރުވެރިއަކު ސްވައިން ފްލޫ އާއި ގުޅިގެން ދަތުރު ކެންސަލް ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް