އިންޑިއާގެ އެންމެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާގެ ލޯބިވެރިއާ ފުރަތަމަ ފަހަރަށް އޭނާގެ ސަޕޯޓަރުންނަށް ދައްކާލައިފި އެވެ.
ޓުވިޓާގައި ކަޕިލް ލޯބިވެރިޔާ އާއި އެކު އާންމު ކުރި ފޮޓޯގައި ބުނެފައިވަނީ އެ އަންހެން ކުއްޖާ އޭނާ ފުރިހަމަ ކޮށްދީފައިވާ ކަމަށެވެ. ކަޕިލް އޭނާ އާއި މުހާތަބު
ކޮށްފައިވަނީ ގިންނި ގެ ނަމުންނެވެ.
އެ ދެމީހުންގެ ފޮޓޯ އާންމު ކުރުމުގެ ކުރިން ކަޕިލް ވަނީ ޓުވިޓާގައި ވަރަށް ހާއްސަ ކަމެއް އިއުލާނު ކުރަން އުޅޭކަމަށް ބުނެ 30 ވަރަކަށް މިނިޓު މަޑުކޮށްލުމަށް އެދިފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އުމުރުން 35 އަހަރުގެ ކަޕިލް ލޯބިވެރިޔާގެ ފޮޓޯ އާންމު ކުރީ ކައިވެނި ގާތްވާތީ ކަމަށް ބެލެވޭ ކަމަށެވެ.
ކަޕިލް މަޝްހޫރުވެގެން ދިޔައީ 2007 ވަނަ އަހަރު ބޭއްވި "ގްރޭޓް އިންޑިއަން ލާފާ" އިން އެއްވަނަ ހޯދި ހިސާބުންނެވެ. އޭގެ ފަހުން 2013 ވަނަ އަހަރު އޭނާގެ އަމިއްލަ ޝޯއެއް ކަމަށްވާ "ކޮމެޑީ ނައިޓްސް ވިތް ކަޕިލް" އުފައްދަން ފެށި އެވެ.
އޭގެ ފަހުން މިހާރު ސޮނީ އިން ދައްކާ "ދަ ކަޕިލް ޝަރްމާ ޝޯ" އަކީ އޭނާ އުފެއްދުމެކެވެ. އެ އީ މިހާރު ބޮލީވުޑްގައި ރލީޒް ކުރާ ފިލްމުތައް ޕްރޮމޯޓު ކުރުމަށް ބޭނުން ކުރާ އެންމެ މަގުބޫލު ޕްލެޓް ފޯމަށް ވަނީ ވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް