މޮޑެލް ކުރަން އުޅެނިކޮށް ރޭލެއްގެ ދަށުވެ މަރުވެއްޖެ

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ޓެކްސާސްގެ އުމުރުން 19 އަހަރުގެ އަންހެނަކު މޮޑެލް ކުރާން އުޅެނިކޮށް ރޭލެއްގެ ދަށުވެ މަރުވެއްޖެ އެވެ. ފްރެޒާނިޔާ ތޮމްސޮމް ނަމަކަށްކިޔާ މި އަންހެންމީހާގެ މަންމަ ބުނެފައިވަ...

17 Mar 2017 | 22:44

އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ ޓެކްސާސްގެ އުމުރުން 19 އަހަރުގެ އަންހެނަކު މޮޑެލް ކުރާން އުޅެނިކޮށް ރޭލެއްގެ ދަށުވެ މަރުވެއްޖެ އެވެ.

ފްރެޒާނިޔާ ތޮމްސޮމް ނަމަކަށްކިޔާ މި އަންހެންމީހާގެ މަންމަ ބުނެފައިވަނީ އޭނާގެ ދަރި މަރުވެފައިވަނީ މޮޑެލް ކުރުމުގެ ކެރިއާ ފެށުމަށް ނަގަން އުޅުނު ފުރަތަމަ ފޮޓޯ ޝޫޓްގައި ރޭލެއްގެ ދަށުވެގެން ކަމަށެވެ.

ޓެކްސަސްގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައި ފްރެޒާނިޔާގެ ފޮޓޯޝޫޓް ކުރިއަށްގެންދިޔައީ ރޭލު ދަނގަޑުމަތީގަ އެވެ. އަދި ރޭލެއް އަންނާތީ އޭނާ ޖެހިގެން އޮތް ރޭލުދަނގަނޑަށް އެރި ނަމަވެސް އެ ރޭލު ދަގަނޑުން އައި ރޭލުން އޭނާ ސަލާމަތް ނުވީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް