ދުބާއީގައި ބުޅަލަކަށް އިހާނެތިކޮށް ހިތި ތިން މީހަކު ލައްވާ ތިން މަސްވަންދެން ކުނިކަހަން ޖައްސައިފި

ދުބާއީގައި ބުޅަލަކަށް އިހާނެތިކޮށް ހިތި ތިން މީހަކު ލައްވާ ތިން މަސްވަންދެން ދުބާއީގެ ޒުލެއް ސާފުކުރަން ޖައްސައިފި އެވެ. މި އަދަބު މި ތިން މީހުންނަށް ދީފައިވަނީ ދުބާއީގެ ރޫލަރ ސެއިޚް މުހައްމަދު ބިން ރ...

17 Mar 2017 | 22:32

ދުބާއީގައި ބުޅަލަކަށް އިހާނެތިކޮށް ހިތި ތިން މީހަކު ލައްވާ ތިން މަސްވަންދެން ދުބާއީގެ ޒުލެއް ސާފުކުރަން ޖައްސައިފި އެވެ.

މި އަދަބު މި ތިން މީހުންނަށް ދީފައިވަނީ ދުބާއީގެ ރޫލަރ ސެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އޯޑަރަށެވެ.

މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ކުއްތާއަކަށް ބުޅަލެއް ކާންދީ އެ އަމަލު ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް އަޕްލޯޑްކުރި މައްސަލައިގަ އެވެ.

މި ތިން މީހުން ލައްވާ ތިން މަސް ވަންދެން ޒުލެއް ސާފުކުރަން ޖައްސާފައިވާއިރު މިދިޔަ މަސް ތެރޭގައި ދުބާއީގައި ބާރު ސްޕީޑްގައި ކާރު ދުއްވި ތިން މީހަކަށްވެސް މިފަދަ އަދަބެއް ވަނީ ދީފަ އެވެ. އެމީހުންނަށް ދިން އަދަބަކީ 30 ދުވަސް ވަންދެން ކޮންމެ ދުވަހަކު މަގުމަތި ކުނިކެހުމުގެ އަދަބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް