ފިލިޕީންސް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެގައުމުގެ އިދިކޮޅު އެމްޕީއަކު އެގައުމުގެ ކޮންގްރެސް އަށް ހުށަހަޅައިފި އެވެ.
ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ ތަމްސީލު ކުރަމުން އަންނަ އިދިކޮޅު މެމްބަރު ގޭރީ އަލެޖާނޯ އެވެ. އޭނާ ތުހުމަތު ކުރައްވާގޮތުގައި ރައީސްކަމުގައި ހުންނެނެވި ރޮޑްރިގޯ ކުރިން ސިޓީ މޭޔަރަކަށް ހުންނެވި އިރު މަސްތުވާތަކެތީގެ ވިޔަފާރިއަށް މަގުފަހިވާގޮތަށް ޖަރީމާތަކެއް ހިންގާފައި ވެ އެވެ. އަދި މީހުން މެރުންފަދަ އަމަލުތަކަށް ތަރުހީބު ލިބޭފަދަ އަމަލުތައްވެސް އޭރު ހިންގަވާފައި ވެ އެވެ.
ނަމަވެސް އެ ތުހުމަތުތައް ޑުޓާޓޭ ދޮގު ކުރައްވަ އެވެ. ޑުޓާޓޭގެ ތަރުޖަމާނު ބުނެފައިވަނީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ ޑުޓާޓޭގެ މަގްބޫލުކަން ކުޑަކުރަން ކަމަށާއި ހިލާ އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
ރޮޑްރިގޯ ޑުޓާޓޭ ފިލިޕީންސްގެ ރައީސް ކަމަށް އައްޔަނު ކޮށްފައިވަނީ 30 ޖޫން 2016ގަ އެވެ. އެގައުމުގެ ޑާވޯ ސިޓީގެ މޭޔަރުކަން ޑުޓާޓޭ ކުރައްވާފައިވަނީ ޖޫން 2013 އިން ޖޫން 2016 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް