މިދިޔަ އަހަރުގެ ހައްޖުގައި ބައިވެރި ނުވިނަމަވެސް މި އަހަރުގެ ހައްޖުގައި އިރާނުން ބައިވެރިވާނެ: ސައުދީ

ހައްޖުގެ މަތިވެރި އަޅުކަމުގައި މިދިޔަ އަހަރު އިރާނުން ބައިވެރި ނުވިނަމަވެސް މި އަހަރު ބައިވެރިވާނެ ކަމުގެ ޔަގީންކަން އިރާނުން ދީފައިވާކަމުގައި ސައުދީ އަރަބިއްޔާއިން ހާމަކޮށްފި އެވެ. ސައުދީން ބުނެފައިވ...

17 Mar 2017 | 21:57

ހައްޖުގެ މަތިވެރި އަޅުކަމުގައި މިދިޔަ އަހަރު އިރާނުން ބައިވެރި ނުވިނަމަވެސް މި އަހަރު ބައިވެރިވާނެ ކަމުގެ ޔަގީންކަން އިރާނުން ދީފައިވާކަމުގައި ސައުދީ އަރަބިއްޔާއިން ހާމަކޮށްފި އެވެ.

ސައުދީން ބުނެފައިވަނީ އިރާނުން އެ ޔަގީންކަން ދިނުމާއެކު ކަމާބެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ދެފަރާތް ދެމެދު މަޝްވަރާތަށް ކޮށް އިރާނުގެ ހައްޖުވެރީންނަށް ބޭނުންވާ ރައްކާތެރިކަމާއި އެހީތެރިކަން އެއްމެ ފުރިހަމަގޮތުގައި ދިނުމަށް މަޝްވަރާތަކުގައި ވާހަކަދެކެވެމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރުގެ ހައްޖުގައި އިރާނުން ބައިވެރިވެފައި ނުވަނީ ދެ ގައުމުގެ މަސްރަހު ގޯސްވުމުންނެވެ. އޭގެ ކުރީ އަހަރު ހައްޖުގެ އަޅުކަން ކުރިއަށްދިޔައިރު މީހުން ފިތި އެތައް ހައްޖުވެރިންނެށް މަރުވި ހާދިސާގެ ތުހުމަތު އިރާނަށް ކުރެވިގެން ދިއުން ވެގެންދިޔައީ އިރާނާއި ސައުދީއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ގޯސްވެގެން ދިޔަ ކަމަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް