ރޭގެ މުޒާހަރާއިން ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް ހަތް ދުވަސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނ...

18 Mar 2015 | 15:19

ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ދެ އަންހެނުންގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ފަސް މީހުންގެ ތެރެއިން ދެ އަންހެނުންގެ ބަންދުގެ މުއްދަތަށް ކޯޓުން ހަތް ދުވަހުގެ މުއްދަތު ދީފައިވާއިރު ތިން ފިރިހެނުންގެ ބަންދަށް ކޯޓުން ދީފައިވަނީ ތިން ދުވަހުގެ ބަންދުގެ މުއްދަތެއް ކަމަށެވެ.

ރޭގެ މުޒާހަރާގައި ހަ މީހަކު ހައްޔަރުކުރި އިރު އެކަކަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލީކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް