ކްރިމިނަލް ކޯޓުގެ އިސްގާޒީ ބަންދުކުރި މައްސަލައިގާ، ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން ކުރިއަށްގެންދިޔަ ޝަރީއަތުގެ އިސްތިއުނާފް މަރުހަލާ ކުރިއަށްދާއިރު އޮބްޒާވަރުންގެ ގޮތުގައި ބައިނަލްއަގްވާމީ ޖަޖުން ބައިވެރިކުރުން މުހިންމު ކަމަށް އދ ގެ އިންސާނީ ހައްގުތަކާބެހޭ އެންމެ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ.
އޭޕީއަށް ދެއްވި އިންޓަވިއުއެއްގައި އދގެ އިންސާނީ ހައްގުތަކާ ބެހޭ އެންމެ އިސްވެރިޔާ ޒައިދު ރާދު އަލް ހުސެއިން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ޝަރީއަތް "އަވަސް" އަރުވާލާފައި ކުރިއަށްގެންގޮސް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އަދި ރައީސް ނަޝިދުގެ ޝަރީއަތުގައި ގޯސްކޮށް ދިޔަ ކަންކަން އިސްތިއުނާފް މަރުހަލާގައި ރަނގަޅު ކުރެވިދާނެ ކަމަށާއި އިސްތިއުނާފު މަރުހަލާ ކުރިއަށްދާއިރު ބައިނަލްއަގުވާމީ ޖަޖުން ބައިވެރިކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދޭ ކަމަށްވެސް އަލް ހުސެއިން ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް