ޑްރަގް އޭޖެންސީ ހިންގުން ހޯމް މިނިސްޓަރާ ހަވާލު ކުރައްވައިފި

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ހިންގުން، ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލު ކުރައްވައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވ...

18 Mar 2015 | 11:48

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ހިންގުން، ހޯމް މިނިސްޓަރު އުމަރު ނަސީރާ ހަވާލު ކުރައްވައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ މިއަދުން ފެށިގެން އެންޑީއޭ ހިންގަމުންދާނީ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މޭސްތިރިކަމުގެ ދަށުން ކަމަށެވެ.

އެންޑީއޭ ހޯމް މިނިސްޓަރާ ހަވާލު ކުރެއްވުމުން އެ އޭޖެންސީގެ ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ. އެގޮތުން ޑްރަގް ފަރުވާ ޕްރަގްރާމަށް ހަރުދަނާ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް މިހާރު ފަށާފައިވާ މަސައްކަތަށް އެކަމުގެ ސަބަބުން ފަސޭހަވެގެންދާނެ ކަމުގައިވެސް ތަޒްމީލް ވިދާޅުވި އެވެ.

މީގެ ކުރިން އެންޑީއޭ ހިންގަމުން ގޮސްފައިވަނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް