މަހެއްގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައީ މިދިޔަ މަހު

ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި އެންމެ ގިނަ ޓޫރިސްޓުން އެއް މަހެއްގެ ތެރޭގައި އައީ މިދިއަ ފެބްރުއަރީ މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ. ރައީސް އޮފީހުގައި އިކޮނޮމިކް ކައުންސިލްގެ ފަރާތުން ބޭއް...

18 Mar 2015 | 11:02

ރާއްޖޭގެ ޓޫރިޒަމް ތާރީހުގައި އެންމެ ގިނަ ޓޫރިސްޓުން އެއް މަހެއްގެ ތެރޭގައި އައީ މިދިއަ ފެބްރުއަރީ މަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރައީސް އޮފީހުގައި އިކޮނޮމިކް ކައުންސިލްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓާ އަހުމަދު އަދީބު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ރާއްޖެ 120،000 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށާއި އޭގެ ކުރީ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާ އިރު އަށް ޕަސެންޓަށް ވުރެ މަތީ ކުރިއެރުމެކެވެ. އޭނާ ވިދާޅުވީ އެއީ ޓޫރިޒަމްގެ 40 އަހަރުގެ ތެރޭގައި މަހެއްގައި އެންމެ ގިނަ ޓޫރިސްޓުން އައި މަސް ކަމަށެވެ.

"މިދިޔަ ދެ އަހަރުގެ ދެ މަހާ އަޅާ ބަލައިފިއްޔާ މި އަހަރު ގާތްގަނޑަކަށް އެއް ޕަސެންޓް ޕޮޒިޓިވް ގްރޯތެއްގައި މިއުޅެނީ. އެހެންވީމާ އަޅުގަނޑުމެންގެ ޓްރެވެލް ޓްރެންޑްސް ދަށަކަށް ނުދޭ،" އަދީބު ވިދާޅުވި އެވެ.

ފެބްރުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވި ކަމަށް މިނިސްޓަރު ވިދާޅުވެފައިމިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެން ރާއްޖޭގެ ޓުރިޒަމް ބޮއިކޮޓް ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ. އަދީބު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކުރަން ގޮވާލާ ގޮވާލުންތަކުގެ މާ ބޮޑު އަސަރެއް ނުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް