އާސަންދައިގެ ދަށުން ބޭސް ލިބޭ އެސްޓީއޯގެ ފާމަސީތަކުގެ އަދަދު 95 އަށް އަރާފައިވާކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެސްޓީއޯއިން ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އިތުރު ދެ ރަށެއްގައި ފާމަސީ ހުޅުވާ އެ ފާމަސީތަކުން ހިދުމަތް ފޯރުކޮށްދޭން އިއްޔެ ފަށާފައިވާކަމަށެވެ.
އެސްޓީއޯއިން ބުނީ އިތުރަށް ފާމަސީތައް ހުޅުވާފައިވަނީ ފ.ބިލެތްދޫ އާއި ފ.މަގޫދޫގައި ކަމަށެވެ. މި ދެ ފާމަސީ އިން އާސަންދައާއިއެކު މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ އިރު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު ވަނީ 95 އަށް ބަދަލުވެފަ އެވެ.
މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރާ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް