ހާމިދަށް ބިރު ދައްކާ، ހާމިދުމެންގޭ ދޮރުގެ ތަޅު ހަލާކުކޮށްލިމައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

އެމްޑީޕީގެ ސްޕޯކްސްޕާސަން، ހާމިދު އަބްދުލްގަފޫރުގެ ގެކޮޅަށް ރޭގެ ވަގުތެއްގައި ގްރޫޕެއްގެ ބަޔަކު އައިސް މަރުގެ އިންޒާރުދީ ހަޅޭލެވުމަށްފަހު އެގެއަށް ވަންނަން ހުންނަ ދޮރަށް ޙަމަލާދީ ތަޅު ހަލާކުކޮށްލައި ބ...

18 Mar 2015 | 09:52

އެމްޑީޕީގެ ސްޕޯކްސްޕާސަން، ހާމިދު އަބްދުލްގަފޫރުގެ ގެކޮޅަށް ރޭގެ ވަގުތެއްގައި ގްރޫޕެއްގެ ބަޔަކު އައިސް މަރުގެ އިންޒާރުދީ ހަޅޭލެވުމަށްފަހު އެގެއަށް ވަންނަން ހުންނަ ދޮރަށް ޙަމަލާދީ ތަޅު ހަލާކުކޮށްލައި ބިރުވެރިކަން އުފައްދާފައިވާތީ، އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދެންނެވި ގްރޫޕުގެ މީހުން ޙާމިދު ޢަބްދުލްޣަފޫރުގެ ގެކޮޅަށް އައިސް އެ ޖަރީމާ ހިންގިއިރު އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނެވިކަމުގައި ވީނަމަވެސް އެމަނިކުފާނުގެ އާއިލާގެ އެހެން ބޭފުޅުންނާއި ތުއްތު ބޭފުޅުން ގޭގައި އުޅުންވަމުން ގެންދެވި ކަމަށެވެ. އަދި އެ ނުރައްކާތެރި ޢަމަލުގެ ސަބަބުން އެބޭފުޅުންނަށް ނުހަނު ބޮޑަށް ނަފުސާނީ ބިރުވެރިކަން އިޙްސާސްކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.

ޙާމިދު ޢަބްދުލްޣަފޫރުގެ ގެކޮޅަށް މީގެކުރިން ވެސް ޙަމަލާދީ އެގޭގައި ހުޅުޖައި ރޯކޮށްލާފައިކަން ފާހަގަކުރާ ކަމަށާއި އަދި މިއިން އެއްވެސް މައްސަލައެއް މިއަދާ ހަމައަށް ވެސް ފުލުހުން ތަޙްޤީޤުކޮށް ފިޔަވަޅުއަޅާފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

މީގެ އިތުރުން ޙާމިދު ޢަބްދުލްޣަފޫރުގެ ގެކޮޅަށް ޙަމަލާދީ ހިންގާފައިވާ ޖަރީމާތައް ފުލުހުން ނުބަލާ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި ހިޔުމަން ރައިޓްސް ކޮމިޝަނުން ވަގުތުން ތަޙްޤީޤުކޮށްދެއްވުމަށް އެމްޑީޕީގެ ބަޔާނުގައި އެ ފަރާތްތަކަށް ގޮވާލާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް