ތަކުރާރުކޮށް ދަރިއަށް ޖިންސީގޯނާ ކުރަމުންދިޔަ ދޮންބައްޕައަކު ހައްޔަރުކޮށްފި

ތަކުރާރުކޮށް އެކި ދުވަސްމަތިން 14 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގޯނާ ކުރަމުންދިޔަކަމަށް ތުހުމަތު ކުރެވޭ ދޮންބައްޕައަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު...

18 Mar 2015 | 05:53

ތަކުރާރުކޮށް އެކި ދުވަސްމަތިން 14 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ޖިންސީ ގޯނާ ކުރަމުންދިޔަކަމަށް ތުހުމަތު ކުރެވޭ ދޮންބައްޕައަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 11:45 ހާއިރު އެ ކުއްޖާއަށް ގަދަކަމުން ޖިންސީ ގޯނާކުރަމުންދަނިކޮށް ކުށުގެ ވެށިން ކަމަށާއި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް