މާލޭ ދެކުނު ފަރާތުގައި ހުންނަ ނީލަން ފިހާރައިގާ ރޯވި އަލިފާންގަނޑު ފުލުހުންނާއި ސިފައިންގެ މަސައްކަތުން ނިވާލައިފި އެވެ.
ނީލަންފިހާރައިގެ ބައެއްގައި އަލިފާން ރޯވީ ރޭ ދަންވަރު 12:45 ހާއިރު އެވެ. އަލިފާން ރޯވެފައިވަނީ ބާ ޓިނާއި ލަކުޑި ހުރި ތަނެއްގަ އެވެ.
އަލިފާން ރޯވި ސަބަބު އެނގިފައިނުވާއިރު އެ ސަރަހައްދުގައި އުޅުނު ބިދޭސީންގެ ބަޔަކު ބުނެފައިވަނީ ނީލަން ފިހާރައިގާ އަލިފާން ރޯވީ ބާރު އަޑެއް ގޮވުމަށްފަހު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް