ފުވައްމުލަކު ރެސްޓޯރެންޓެއްގައި ރާބޯން ތިބި ބަޔަކު ހައްޔަރުކޮށްފި

ފުވައްމުލަކު ރެސްޓޯރެންޓެއްގައި ރާބޯން ތިބި ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ގެންގުޅެ އެތަކެތި ބޭނުން ކުރިކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަ...

17 Mar 2015 | 19:26

ފުވައްމުލަކު ރެސްޓޯރެންޓެއްގައި ރާބޯން ތިބި ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ގެންގުޅެ އެތަކެތި ބޭނުން ކުރިކަމުގެ ތުހުމަތުގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކާއި 02 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 17 އަހަރުގެ ކުއްޖަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހެކެވެ. މި 3 މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މާޗް 16 ވަނަ ދުވަހުގެ 08:55 ހާއިރު ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ފުވައްމުލަކު ރެސްޓޯރެންޓެއްގެ ތެރޭގައި ތިއްބާ ކަމަށެވެ. އަދި އެ މީހުން  ތިބިތަން ބަލާ ފާސްކުރި އިރު ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި  500 މިލިލީޓަރުގެ ފުޅިއެއް ވަނީ ފެނިފައިވާކަމަށެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 03 މީހުން ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކުރުމުން 20 އަހަރު އަދި 19 އަހަރުގެ މީހާގެ ބަންދަށް 07 ދުވަސް އަދި ކުޑަކުއްޖާގެ ބަންދަށް 03 ދުވަސް ވަނީ ދީފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް