ދިވެހި އާ ބަސްތަކެއް އުފައްދައިފި: ޝެފަށް ޝެފު، ވޭޕަށް ވޭޕު، ޓެބަށް، ޓެބު، ޔޫރިން އަށް މޫތު

ދިވެހި ބަހުގެ އެކެޑަމީ އިން ދިވެހި އާ ބަސްތަކެއް އުފައްދައި ގެޒެޓުކޮށްފިއެވެ. އިއްޔެ ގެޒެޓުކޮށްފައިވާ އެ އިޢުލާނުގައި ބުނެފައިވަނީ ލިސްޓުގައި ބަޔާންކޮށްފައިވާ 72 ލަފުޒާއި އޭގެ މާނަތަކަކީ 2024 ވަނަ އަހ...

18 Feb 2025 | 13:53

ދިވެހި ބަހުގެ އެކެޑަމީ އިން ދިވެހި އާ ބަސްތަކެއް އުފައްދައި ގެޒެޓުކޮށްފިއެވެ.

އިއްޔެ ގެޒެޓުކޮށްފައިވާ އެ އިޢުލާނުގައި ބުނެފައިވަނީ ލިސްޓުގައި ބަޔާންކޮށްފައިވާ 72 ލަފުޒާއި އޭގެ މާނަތަކަކީ 2024 ވަނަ އަހަރު އެ އެކެޑަމީގެ ބަސް ކޮމިޓީން އުފައްދާފައިވާ އައު ލަފުޒުތަކާއި އޭގެ މާނަ ކަމަކަށެވެ.

އެ ބަސްތަކުން ފާހަގަކޮށްލެވޭ ބަސްތަކަށް ބަލައިލާއިރު emergency އަށް އިމަޖެންސީ، lava އަށް ލާވާ، chef އަށް ޝެފު، mandarin އަށް މެންޑަރިން، sim އަށް ސިމު، tab އަށް ޓެބު، vape އަށް ވޭޕު kangaroo އަށް ކެންގަރޫ ފާސްކޮށްފައިވެއެވެ.

ތަފާތު އިތުރު ބައެއް ބަސްތަކަށް ބަލައިލާއިރު lettuce އަށް ސަލާދުފަތް، infinity އަށް އަނަންތު، urine އަށް މޫތު، tool އަށް އަދާތު folklore އަށް ކަތާ ފާސްކޮށްފައިވެއެވެ.

މި ބަސްތަކަށް ބަލައިލާއިރު urine އަށް މޫތު، ކިޔާފައިވާއިރު ކުޑަކަމުދާ ތަކެއްޗަށް ކިޔާ ތިން ބަހެއް މިހާރުވެސް ރަދީފުގައި އޮވެއެވެ. އެއީ ހީސް، ގޮރު، އަދި ފަހަރުވާ އެވެ.

މި ބަސްތަކަށް ބަލައިލާއިރު ހީސް ލުމަށް ހިންދީ ބަހުން މޫތުރަ ވިސާޖަން ކިޔާކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން މޫތު އެ ބަސް ނަގާފައި އެވަނީ ހިނދީ ބަހުން ކަމަށް ބެލެވެއެވެ. އަދި ހަމަ އެހެންމެ infinity އަށްވެސް ހިންދީ ބަހުން ކިޔައި އުޅެނީ އަނަންތު ކަން folklore އަށް ކަތާ ކިޔާފައިވާއިރު ހިންދީ ބަހުން ވާހަކައަށް ވެސް ކިޔައި އުޅެނީ ކަތާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް