އަދަދު ނޫހުގެ ޚަބަރެއް ތަރުޖަމާނު ދޮގުކުރައްވައިފި

އަދަދު ނޫހުގައި މިއަދު ޝާއިޢުކުރި ޚަބަރެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ދޮގުކުރައްވައިފިއެވެ. ހީނާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ސުޕްރީމް ކޯޓޫގެ ނިންމު...

18 Feb 2025 | 12:00

އަދަދު ނޫހުގައި މިއަދު ޝާއިޢުކުރި ޚަބަރެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު، ހީނާ ވަލީދު ދޮގުކުރައްވައިފިއެވެ.

ހީނާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ސުޕްރީމް ކޯޓޫގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުޙީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އެއްވެސް ސައްޙަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދިނުނމަކީ ބަލައިގަނެވޭނެ ކަމެއްނޫން" ތަރުޖަމާނު ވިދާޅުވެފައިވެއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވެފައިވަނީ މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް