ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އިސް ތިން ވެރިޔަކު ވަޒީފާއިން ވަކިކޮށްފިއެވެ.
މިކަން ހާމަކޮށް އެ ކުންފުނިން މިއަދު ބުނެފައިވަނީ އެ ކުންފުނީގެ މެނޭޖުމެންޓު ޕާރފޯމަންސް ރިވިއުކޮށް، ތިން ޖެނެރަލް މެނޭޖަރުން ވަޒީފާއިން ވަކިކޮށްފައިވާނެކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ރިފޯމް އެޖެންޑާގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެންވެސް ބޮޑަށް ހަރުދަނާ ކުރުމަށް މިހާރު ކުރިޔަށްދާ އިސްލާހީ އެޖެންޑާގެ ދަށުން މެނޭޖުމެންޓު ޕާރފޯމަންސް ރިވިއުކޮށް ގެންނަން ޖެހޭ ވަގުތީ އަދި ދާއިމީ މުހިންމު ބަދަލުތައް މިހާރު ދަނީ ގެންދަމުން، މި އެޖެންޑާގެ މަގްސަދަކީ ޒިންމާދާރުކަން ކަށަވަރުކުރުމާއި ހިންގުން ހަރުދަނާކުރުން" މިފްކޯއިން ބުނެފައިވެއެވެ.
އެ ކުންފުނިން އިތުރަށް ބުނެފައިވަނީ އެ ކުންފުނީގެ އެފިޝަންސީ އެކްސަސައިޒް ފެށީ މިދިޔަ އަހަރުގެ ތެރޭގައިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް