ދިރާގާއި މަމްސް އެއިޑް ގުޅިގެން މި އަހަރު ވެސް "ރަމަޟާން އެއިޑް" ކެމްޕެއިންގެ ދަށުން، އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ދިރާގުން ބުނެފިއެވެ.
މަމްސް އެއިޑަކީ އަންހެނުން، ޚާއްސަކޮށް މަންމައިން، ބާރުވެރިކުރުވައި އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެގޮތުން 'ރަމަޟާން އެއިޑް' އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހީއަށް ބޭނުންވެފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ވަނީ އާންމުންނަށްވެސް ހުޅުވާލެވިފައެވެ.
މި ރަމަޟާން މަހު މަމްސް އެއިޑްއިން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މަގްސަދަކީ، މަމްސް އެއިޑްގެ ކެއަރ ލިސްޓުގައި ހިމެނޭ އެކަނިވެރި މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މައިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް މި ބަރަކާތްތެރި ރަމަޟާން މަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ހިމެނޭ ކެއަރ ޕެކޭޖްތައް ފޯރުކޮށްދިނުމެވެ.
ދިރާގުން އަބަދުވެސް ދަނީ މުޖުތަމައުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަންހެނުން ބާރުވެރިކުރުމުގެ މަގުސަދުގައި މި ފަދަ ހަރަކާތްތަކަށް އެއްބާރުލުން ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް