ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަރުޖަމާނުގެ މަޤާމަށް އަހްމަދު ޝިފާން މިއަދު އައްޔަނުކުރައްވައިފިއެވެ.
ފުލުހުން މިރޭ ބުނެފައިވާގޮތުގައި ސްޕޯކްސްޕާސަންގެ މަޤާމަކީ ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން މިހާރު އަދާކުރައްވަމުންގެންދަވާ މަޤާމުގެ މަސްޢޫލިއްޔަތުގެ އިތުރުން ހަވާލުކޮށްފައިވާ މަސްޢޫލިއްޔަތެކެވެ. ޝިފާން މިވަގުތު ހުންނެވީ އޮފީސް އޮފް ދަ ކޮމިޝަނަރގެ ހެޑްގެ މަޤާމުގައި ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ތަރުޖަމާނު ކަމަށް ޝިފާން އައްޔަނުކޮށްފައިވާއިރު، ރައީސް ޔާމީންގެ ދައުރުގައިވެސް ޝިފާން ވަނީ ފުލުހުންގެ ތަރުޖަމާނުގެ މަޤާމު އަދާކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް