އިންޑިއާގެ އަމާޒަކީ ބައިނަލްއަގްވާމީ މައިދާނުގައި ހިންދީ ބަސް ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާތައް ހަރުދަނާކުރުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން ވަނީ ބުނެފި އެވެ .
އެ މިނިސްޓްރީއިން ބުނީ މި މަސައްކަތުގެ ދަށުން ޤާއިމްކުރެވިފައިވާ ބަހުގެ ލެބޯޓްރީއަކީ އެކަމާ ގުޅޭ ތަމްރީނު ހޯދުމަށް ޓީޗަރުންނަށް އެހީތެރިވެދިނުމުގެ ގޮތުން މަސައްކަތް ކުރާނެ އެއް އިދާރާ ކަމަށެވެ.
މި ލެބޯޓްރީއާ ގުޅޭ ގޮތުން އެމްއޯއެސް ވީ މުރަލީދަރަން ކުރި އިއުލާނާ ގުޅިގެން މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއީއޭގެ ސެކްރެޓަރީ (އީސްޓް) ސައުރަބް ކުމާރު ވިދާޅުވީ "މިވަގުތު އަޅުގަނޑުމެން މި ފޯކަސް ކުރަނީ ހިންދީ ބަހުގެ ތަމްރީން ޓީޗަރުންނަށް ދިނުމަށް ހާއްސަ ސޮފްޓްވެއާ ބިނާކުރުމަށް. އަޅުގަނޑުމެންގެ އެތެރޭގެ ފިޔަވަޅު ނިމުމުން ދެން އަޅުގަނޑުމެން މި ބަހުގެ ލެބް ފިޖީއަށް ދޭނަން." އޭނާ އަދި ބޭރު ބިންތަކުގައި ހިންދީ ޕްރޮމޯޓް ކުރުމަށްޓަކައި އިންޑިއާއިން "ހިންދީ ޕްރޮމޯޝަން އޯގަނައިޒޭޝަން" ހަރުދަނާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުމާރު އޭނާގެ ބްރީފިން ފެށީ "ވޯލްޑް ހިންދީ ކޮންފަރެންސް" ކާމިޔާބު ހަރަކާތަކަށް ހަދައިދިނީތީ ހުރިހާ މިނިސްޓްރީތަކަށް ޝުކުރު އަދާކުރައްވައިގެންނެވެ. 12 ވަނަ ވޯލްޑް ހިންދީ ކޮންފަރެންސް އޮތީ ފިޖީގެ ނާދީގައި ފެބްރުއަރީ މަހުގެ 15 އިން 17 އަށެވެ.
މި ކޮންފަރެންސްގައި ގާތްގަނޑަކަށް 900-1000 މީހުން ބައިވެރިވެ، 30 އަށް ވުރެ ގިނަ ގައުމުން މީހުން ބައިވެރިވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް