އިމްރާންގެ "ބްލޭމް ގޭމް" ގެ ތެރެއަށް އެމެރިކާ ވަނުމަށް އިންކާރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވެރިކަމުން ދުރުކުރުމުގައި ވޮޝިންޓަންގެ ދައުރެއް އޮތް ކަމަށް އޭނާ ކުރާ ތުހުމަތުތައް އަނެއްކާވެސް އެމެރިކާއިން މިވަނީ އިންކާރުކޮށްފައެވެ. އޭޕްރީލް 10، 2022 ގ...

18 Feb 2023 | 18:21

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވެރިކަމުން ދުރުކުރުމުގައި ވޮޝިންޓަންގެ ދައުރެއް އޮތް ކަމަށް އޭނާ ކުރާ ތުހުމަތުތައް އަނެއްކާވެސް އެމެރިކާއިން މިވަނީ އިންކާރުކޮށްފައެވެ.

އޭޕްރީލް 10، 2022 ގައި ވެރިކަމުން ދުރުކުރުމުގެ ދުވަސްތަކެއް ކުރިން ޚާން ވަނީ އޭނާ ވެރިކަމުން ދުރުކުރުމަށް ބައިޑެންގެ ވެރިކަމުން އޯކޭސްޓްރޭޓްކޮށް މަސައްކަތް ކުރިކަމަށްބުނެ، އެ ތުހުމަތު ސާބިތު ކުރުމަށް ޑިޕްލޮމެޓިކް ކޭބަލެއް ހުށަހެޅި ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު މި ހަފްތާގެ ކުރީކޮޅު ވީއޯއޭގެ ބްރޯޑްކާސްޓިން ސާވިސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ އޭނާ ވެރިކަމުން ދުރުކުރަން ރާވައި ތަންފީޒު ކުރީ ކުރީގެ ސިފައިންގެ ވެރިޔާ ޖެނެރަލް ގަމަރު ބަޖްވާ ކަމަށް ވިދާޅުވެ އެމެރިކާ ބަރީއަކޮށްފަ އެވެ.

ޚާންގެ ވާހަކަތަކާ ބެހޭ ގޮތުން ކޮމެންޓް ކުރުމަށް އެދުމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ، "ބްލޭމް ގޭމްގެ އީވޮލޫޝަންއާ ބެހޭ ގޮތުން އެއްޗެއް ބުނަން ބޭނުންމެއް ނޫން. މި ތުހުމަތުތައް ފެންމަތިވި ދުވަހުން ފެށިގެން އަޅުގަނޑުމެން މިކަމާ ބެހޭގޮތުން ސާފުކޮށް ވާހަކަ ދައްކާފައި މިވަނީ. މި ތުހުމަތުތަކުގެ އެއްވެސް ހަގީގަތެއް ނެތް".

ބުދަ ދުވަހުގެ މެންދުރު ވޮޝިންޓަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޕްރައިސް ވިދާޅުވީ އެމެރިކާއިން ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ ގުޅުންގެ އަގުވަޒަންކޮށް، އިހްތިރާމް ކުރާކަމަށެވެ. އަދި އަބަދުވެސް ދެކެނީ ތަނަވަސް އަދި ޑިމޮކްރެޓިކް ޕާކިސްތާނެއްގެ ދެމިއޮތުން ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވީ ބްލޭމް ގޭމް ނިމުނަސް ނުނިމުނަސް އެމެރިކާއިން ޕްރޮޕެގެންޑާ، ގޯސް މައުލޫމާތެއް، ދޮގު މައުލޫމާތުގެ ސަބަބުން ދެގައުމެއްގެ ގުޅުމަށް ބުރު އެރިއަ ނުދޭނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް