އެނގޭތަ ! މިހާރު އުރީދޫ އާޗާ ޕްރީޕެއިޑް ޕްލޭންތަކުގައި އިތުރު ޑޭޓާ ކޮންމެ ދުވަހަކު

އުރީދޫ މޯލްޑިވްސްގެ އާޗާ ޕްރީޕެއިޑް ޕްލޭންސްތަކުގެ ޑާޓާ އެލަވަންސް އިތުރުކޮށް އިތުރަށް ޕެކޭޖްތައް ފުރިހަމަ ކޮށްފިއެވެ. އެގޮތުން ކުރިން 500 ރުފިޔާއަށް ލިބޭ އާޗާ 500 ގައި މިހާރު ދުވާލަކު ތިން ޖީބީ ލިބިގ...

18 Feb 2023 | 16:50

އުރީދޫ މޯލްޑިވްސްގެ އާޗާ ޕްރީޕެއިޑް ޕްލޭންސްތަކުގެ ޑާޓާ އެލަވަންސް އިތުރުކޮށް އިތުރަށް ޕެކޭޖްތައް ފުރިހަމަ ކޮށްފިއެވެ.

އެގޮތުން ކުރިން 500 ރުފިޔާއަށް ލިބޭ އާޗާ 500 ގައި މިހާރު ދުވާލަކު ތިން ޖީބީ ލިބިގެންދާނެއެވެ. ކުރިން ލިބެމުން އައީ ދުވާލަކަށް އެއް ޖީބީގެ މަގުންނެވެ. އަދި ކުރިން އާޗާ 750 ޕްލޭންގައި ދެ ޖީބީ ލިބޭއިރު މިހާރު މި ޕްލޭންގައި ކޮންމެ ދުވަހަކު ހަ ޖީބީ ލިބިގެންދާނެއެވެ. މީގެ އިތުރުން އާޗާ 600 ގައި ކޮންމެ ދުވަހަކު ހަތަރު ޖީބީ ލިބިގެންދާނެއެވެ.

އިތުރަށް ފާހަގަކޮށްލަންޖެހޭ އަނެއް ކަމަކީ ކުރިން އާޗާ ޕްރީޕެއިޑް ޕްލޭންސްތަކުގެ ޑާޓާ ވަކި ވަކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ނުވަތަ ވަކި ބޭނުންތަކަށް ބަހާލާފައިވީނަމަވެސް އެކަންވެސް މިހާރު ބަދަލުކޮށްލައި ކޮންމެ ދުވަހަކު ލިބޭ ޑާޓާ ހަމަ ކޮންމެ ކަމަކަށްވެސް ބޭނުންކޮށްލެވޭ ކަމެވެ. އެގޮތުން ބްރައުޒް ކުރުމަށްވެސް ސްޓްރީމް ކުރުމަށްވެސް އަދި ގޭމް ކުޅުމަށްވެސް މި ޑޭޓާ ބޭނުން ކުރެވޭނެއެވެ.

އާޗާ 500 އެކްޓިވޭޓް ކޮށްލުމަށް:ore.do/aacha30d

އާޗާ 600 އެކްޓިވޭޓް ކޮށްލުމަށް:ore.do/aacha600

އާޗާ 750 އެކްޓިވޭޓް ކޮށްލުމަށް:ore.do/aacha750

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް