މިނިސްޓަރު މާރިޔާ ސަމަދު ކުރެން މާފަށް އެދެންޖެހޭނެކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރުކަންވެސް ކުރައްވަވާ، ނާޒިމް މިހެން ވިދާޅުވީ ރައީސް ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ރޭ ބޭއްވި ޖަލްސާގައި މާރިޔާ ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ.
ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ހުއްޓާ އިންޑިއާއިން ޑީޕޯޓުކޮށްލި އަބްދުއްސަމަދަށް ޖޯކު ޖައްސަވަމުން މާރިޔާ ވިދާޅުވީ މޫނުގައި އަތް އަޅައިގެން ސަމަދު ރޯތަން ފެނުނު ކަމަށާއި މިހާރުގެ ސިފައިން ފިނިކޮޓަރިއަކަށް ލިޔަސް ނުރޯނެ ކަމަށެވެ.
މިނިސްޓަރުގެ މާރިޔާގެ އެ ވާހަކަތަކާއި ގުޅިގެން ނާޒިމް ވިދާޅުވެފައިވަނީ މާރިޔާ އެ ކުރެއްވީ މިނިސްޓަރެއްގެ ހައިސިއްޔަތުގައި ހުންނަވައިގެން ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި ޕަބްލިކްގައި ސަމަދުގެ ކިބައިން މާރިޔާ މާފަށް އެދެން ޖެހޭނެ ކަމަށެވެ. އަދި ގަދަ ފިންޏަކީ އިންސާނުންނަށް ދެވޭ އަދަބެއްކަން، ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މާރިޔާއަށް އެނގެންވާނެކަމުގައިވެސް ނާޒިމް ވިދާޅުވެފައިވެއެވެ.
https://twitter.com/nazim7878/status/1626849300868374529
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް