މާލޭގެ ކޮޓަރިއެއްގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ އަލަމްގީރާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)ގެމައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފިއެވެ.
އެގޮތުން މި މައްސަލައިގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
އެއްޖިންސުން ބަޔަކު ޖިންސީ ގުޅުން ހިންގި ވީޑިއޯތަކެއް ލީކު ވުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ގިނަ ބަޔަކު ހައްޔަރުކޮށް ތަހުގީގު ކޮށްފައި ވެއެވެ.
ނަމަވެސް މި މައްސަލައިގައި ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ، ދައުވާ ކުރީ އަލަމްގީރު ހިމެނޭގޮތުން ހަތަރު މީހެއްގެ މައްޗަށެވެ.
މިގޮތުން ކާނަލް ނަޝީދުގެ އިތުރުން، ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ) މަސައްކަތްކުރާ ފުލުހެއް ކަމުގައިވާ އަބްދުއްރަހުމާނު ރަފީއު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް