ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމަށް ނަހުލާ ކުރިމަތި ލަައްވައިފި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރިމަތިލައްވައިފިއެވެ. މިކަން ހާމަކޮށް ޖޭޕީން މިއަދު ބުނީ އެ ޕާޓީގެ 4 ވަނަ ޤައުމީ ކޮންފަރެންސުން އިންތިޚާބު ކުރާ ...

18 Feb 2023 | 07:49

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޑެޕިއުޓީ ލީޑަރު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރިމަތިލައްވައިފިއެވެ.

މިކަން ހާމަކޮށް ޖޭޕީން މިއަދު ބުނީ އެ ޕާޓީގެ 4 ވަނަ ޤައުމީ ކޮންފަރެންސުން އިންތިޚާބު ކުރާ ޑެޕިއުޓީ ލީޑަރު ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ކުރިމަތި ލާފައިވާ ކަމަށެވެ.

އަދި މި މަޤާމަށް ފަސް ބޭފުޅުން އިންތިޚާބު ކުރާނެ ކަމަށް ޖޭޕީން ބުނެފައި ވެއެވެ.

މީގެ އިތުރުން ޖޭޕީގެ އަސާސީ ޤަވާޢިދުގައި އިންތިޚާބު ކުރަންޖެހޭ މަގާމުތައް ގޮތުގައި ބަޔާން ކުރާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތު މިއަދު 12:00 އަށް ބަންދުކޮށްފައި ވާއިރު ގިނަ ފަރާތްތަކަކުން ވަނީ ނައިބު ލީޑަރު ކަމަށް ކުރިމަތި  ލާފައި ކަމަށް އެ ޕާޓީން ހާމަކޮށްފައި ވެއެވެ.

އެގޮތުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހިމެނޭހެން ޖޭޕީގެ މިހާރުގެ ނައިބު ލީޑަރު، ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާޙީމާއި، ޖޭޕީގެ މިހާރުގެ ނައިބު ރައީސް އަހްމަދު ސައުދާއި، ތިމާވެއްޓާބެހޭ ވުޒާރައިގެ ސްޓޭޓް ވަޒީރު އަދި ސްޓެލްކޯގެ ކުރީގެ އެމްޑީ ހަސަން މުޣުނީ އާއި، ފެނަކައިގެ ކުރީގެ ޗެއާމަން އިގްބާލް އާދަމްއާއި، ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހާއި، ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަބުދުﷲ އަހްމަދާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި، ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަހްމަދު (ހަނަފީ) އާއި، އިސްދޫ ދާއިރާގެ މެންބަރު ޢަލީ ހަމީދާއި، ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު ސައިޚް މޫސާ ނިޒާރު އަދި ޔަޝްފާ އަބުދުލްޣަނީ ހިމެނެއެވެ.

ޖުމްހޫރީ ޕާޓީގެ ޤައުމީ ޖަލްސާ މިމަހުގެ 24-25 ގައި ބާއްވަން ނިންމާފައިވާއިރު އެ ޖަލްސާގައި އެ ޕާޓީގެ އަސާސީ ގަވާއިދުގައި އިންތިޚާބު ކުރަން މަތިކޮށްފައިވާ މަޤާމުތަކަށް މީހުން އިންތިޚާބު ކޮށް މުހިންމު ނިންމުން ތަކެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް