ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލި މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީއިން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ބަންދުގެ މުއްދަތު ދީފިއެވެ.
ފުލުހުން މިއަދު ބުނީ އެމީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށެވެ.
މި މާރާމާރީ ހިންގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއްގައި ހައްޔަރު ކުރީ 18 އަހަރުގެ މީހެއް ކަމަށެވެ. އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަނިޔާވި މީހާގެ މޭމަތީގެ ކަނާތް ފަރާތަށް ތޫނު އެއްޗެއް ހަރާލާފައިވާއިރު އޭނާގެ ފުއްޕާމެއަށް ވަނީ ލޭ އެޅިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް