އެއްވެސް ޤައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެން ތާއީދު ނޫން ކަމަށް އެމްއެންޕީން އަބަދުވެސް ބުނަމުން އަންނަ ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ އަދި އެމްއެންޕީގެ ނައިބު ރައީސް ސިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ސިދާތާ މިހެން ވިދާޅުވެފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމާފައިވާ އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް، ހުންނެވި ދިމާއެއް ސާފުވާނީ އިންޑިޔާ ސިފައިން މިހާރުން މިހާރަށް ފައިބަން ގޮވާލުމުން ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވުމާއި ގުޅިގެން ދެއްވި ރައްދެއްގެ ގޮތުގައެވެ.
ތޯރިގް މިހެން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ޔާމީން ޖަލުގައި އޮވެގެން ނުވާނެ ކަމަށާއި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވެން ވާނެ ކަމަށް ރޭ ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވުމާއި ގުޅިގެންނެވެ.
އެގޮތުން މިކަމަށް އިޝާރަތް ކުރައްވާ ތޯރިގަށް ރައްދުދެއްވާ ސިދާތާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެއްވެސް ޤައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެން ތާއީދު ނޫން ކަމަށް އެމްއެންޕީން އަބަދުވެސް ބުނަމުން އަންނަ ކަމަށެވެ.
އަދި އެއްވެސް ޤައުމެއްގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެން ތާއީދު ނޫންކަމަށް ކިހާ ވަރަކަށް ބުނުމުންތޯ އަޑުއިވެނީ ސިދާތާގެ ޓްވީޓްގައި ވަނީ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރުން ވާނުވާގައި ތިބެ ކޮސް ގޮވިޔަސް މީ ބޮޑުވަރު ކަމަށް ވިދާޅުވެ ސިދާތާ ވަނީ ތޯރިގުގެ ޓްވީޓަށް ރައްދު ދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް