މަސް މާރުކޭޓަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް މުއިއްޒު ފައްޓަވައިފި

ވެރި ރަށް މާލޭގެ މަސްމާރުކޭޓަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ފަަށައިފިއެވެ. ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްމާރުކޭޓްގައި ހަދާފައިވާ މަސް އ...

18 Feb 2022 | 17:07

ވެރި ރަށް މާލޭގެ މަސްމާރުކޭޓަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް މާލެ ސިޓީގެ މޭޔަރު ޑރ. މުއިއްޒު ފަަށައިފިއެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްމާރުކޭޓްގައި ހަދާފައިވާ މަސް އަށިތައް ފައިބަރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި އަށިތައް ޒަމާނީ ފެންވަރަށް ހަދަން ފަށާފައި މިވަނީ އެތައް އަހަރަކު އެ އަށިތައް މަރާމާތު ނުކުރެވި ހުރުމަށް ފަހު ކަމަށްވެސް މުއިއްޒުގެ ޓްވީޓްގައި ފާހަގަކުރައްވާފައި ވެއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

މާލޭގެ މަސް މާރުކޭޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، މަސްވެރިންނަށް އެތަނުން ފަސޭހަ ކަމާއެކުގައި ހިތުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަކީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ވައުދެކެވެ.

https://twitter.com/MMuizzu/status/1494640974332850180

މަސް މާރުކޭޓާއި، ދަތުރުވެރިންގެ މާރުކޭޓު އަދި ލޯކަލް މާރުކޭޓު ޒަމާނީ ކުރުމާއި އެ ތިން ތަން އެއް އިމާރާތަކަށް ބަދަލު ކުރުމުގެ ވިސްނުމެއް ވެސް އެ ސިޓީގެ ކައުންސިލުން ގެންގުޅެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް