ސައިކަލުގައި ރޯކޮށްލި މައްސަލައިގާ ތިން މީހަކު ހައްޔަރު ކޮށްފި

ނ. މިލަދޫޫގައި ރޭގެ ވަގުތެއްގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނުން މިރޭ ހައްޔަރުކޮށްފައިވާ ކަމ...

18 Feb 2022 | 17:00

ނ. މިލަދޫޫގައި ރޭގެ ވަގުތެއްގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނުން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި ހައްޔަރުކުރީ 22 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި އަދި 31 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިލަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން އުޅުނު މީހަކު ހުއްޓުވުމުން މިލަދޫ ޕޮލިސް ޑެސްކުގެ އިންޗާޖް އަރީޝް އިންޒާރުދީ އަދި ރޭ ދަންވަރު، އޭނާ ދިރިއުޅޭ ގޭގައި ސައިކަލު ބަހައްޓާފައި ހުއްޓާ ސައިކަލް ވަނީ ރޯކޮށް އަންދާލާފައެވެ.

އެ ސައިކަލުގައި ރޯކޮށްލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯތަކުން ފެންނަގޮތުގައި ސައިކަލު ރޯކޮށްލުމުގައި ދެމީހަކު ހަރަކާތްތެރިވެއެވެ. އެކަކު ވަދެ ސައިކަލު މައްޗަށް ޕެޓްރޯލު ހަމެއް/ފުޅިއެއް އޮއްސާލާފައި ދިއުމުން އަނެކަކު ރޯކޮށްލަނީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް