ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް ދޭނެ ކުޅުންތެރިއެއް ކަނޑަ އަޅާނީ އަހަރެން - ރަންގްނިކް

ފަހަކަށް އައިސް މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ކަން ކުރަމުން އަންނަ ހެރީ މަގުއާއަށް އޭނާގެ ފޯމުދައްކަމަށް ބުނެ ގިނަބަޔަކު އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް ޔުނައިޓެޑުގެ ސަޕޯޓަރުންނ...

18 Feb 2022 | 14:23

ފަހަކަށް އައިސް މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ކަން ކުރަމުން އަންނަ ހެރީ މަގުއާއަށް އޭނާގެ ފޯމުދައްކަމަށް ބުނެ ގިނަބަޔަކު އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްޞަކޮށް ޔުނައިޓެޑުގެ ސަޕޯޓަރުންނާއި އެކުލަބުގެ ކުރީގެ ބައެއް ލެޖެންޑުންނެވެ. އެގޮތުން މަގުއާގެ އަތުން ކެޕްޓަން ބޭންޑް އަތުލާ ޓީމުގެ އެހެން ކުޅުންތެރިއަކަށް ކެޕްޓަން ބޭންޑް ދިނުމަށް ވެސް އެފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މީޑިއާގައި މިވަގުތު އެންމެ އަޑުގަކޮށް ވެސް ދެކެވެމުން އަންނަނީ އެވާހަކަތަކެވެ. އެގޮތުން މަގުއާ އަތުން ކެޕްޓަން ބޭންޑް އަތުލާ މިފަހަރުގެ ސީޒަނަށް އަލަށް އެޓީމާއި ގުޅުނު ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޔުނައިޓެޑް ގެ ކެޕްޓަން ބޭންޑް ހަވާލުކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އަދި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑާއި މެދު ރޮނާލްޑޯ އާއި މަގުއާ އާއި ދެމެދު ކުރެވޭ ބަހުސްތައް ވެސް ހޫނުވެފައިވާ ކަމަށް ބައެއް ރިޕޯޓުތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން ޔުނައިޓެޑްގެ ވަގުތީ ކޯޗު ރަލްފް ރަންގްނިކް ބުނެފައިވަނީ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ހަވާލުކުރާނެ ކުޅުންތެރިއެއް ކަނޑަ އަޅާނީ އޭނާ ކަމަށާއި ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް އަޅާނީ މިހާރުވެސް ކެޕްޓަން ކަން ކުރަމުން އަންނަ ހެރީ މަގުއާ ކަމަށެވެ. އަދި ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އިތުރު ކުޅުންތެރިއަކަށް ދިނުމުގެ ވިސްނުން ނުގެންނެގުޅޭ ކަމަށް ވެސް ރަންގްނިކް ވަނީ ބުނެފައެވެ.

" ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ދޭނެ ކުޅުންތެރިއެއް ނިންމާނީ އަހަރެން. ކުޅުންތެރިންނެއް ނޫން އަދި ސަޕޯތަރުންނެއް ވެސް ނޫން. ޔުނައިޓެޑުގެ ކެޕްޓަން ކަން ކުރާނީ އަބަދުވެސް ހެރީ މަގުއާ، ކެޕްޓަން އަކީ މަގުއާ." ރަންގްނިކް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް