ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެ އަތޮޅު ހިންނަވަރަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
އެ ރަށަކީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ، އެމަނިކުފާނު އުފަން ރަށެވެ. ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ރަށުގެ ބަނދަރު ސަރަހައްދަށް ނިކުމެފައެވެ.
އެ އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެކެވެ. ހިންނަވަރަށް ރައީސް އެ ވަޑައިގެންނެވީ ހަމަ މި ދަތުރުފުޅުގައި މަޑިވަރު އެއާޕޯޓް ހުޅުއްވައިދެއްވުމަށްފަހުގައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރަށްރަށުގެ މުއައްސަސާތަކަށް ޒިޔާރަތް ކުރައްވާނެއެވެ. ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވާނެއެވެ. އަދި ރަށްރަށުގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާގޮތް ބައްލަވައިލައްވާނެއެވެ.
https://twitter.com/governmentmv/status/1494654388001902594
މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ މި މަހުގެ 20 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް