ޅ. މަޑިވަރު އެއަރޕޯޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
ރައީސް ސޯލިހު މި އެއަރޕޯތު ރަސްމީކޮށް ހުޅުވައިދެއްވީ ޅ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތރުފުޅުގައެވެ.
މި ރަސްމިއްޔާތުގައި ރައީސް އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއަރޕޯޓުގައި ޖެއްސި ފުރަތަމަ ފްލައިޓަކީ ރައިސް ސޯލިހު މި ހަފްތާ ބަންދުގައި އެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވި ފްލައިޓެވެ.
1.2 ކިލޯމީޓަރުގެ ރަންވޭއަކާއި އެކޮމޮޑޭޝަން ބްލޮކެއް ގާއިމްކޮށްފައިވާ މި އެއަރޕޯޓާއި ބެހޭގޮތުން ގައުމީ އެއަރލައިން މޯލްޑިވިއަން އިން ބުނީ އެ އެއާޕޯޓަކީ ފަތުރުވެރިންނަށް ވެސް ޚިދުމަތް ދިނުމަށް އެންމެ އެކަށީގެންވާ ގޮތަށް ތަރައްގީކޮށްފައިވާ އެއަރޕޯޓެއް ކަމަށެވެ.
އަންނަ ހަފްތާގައި މަޑިވަރަށް ޝެޑިއުލްދަތުރުތައް ފަށާއިރު، ގާތްގަނޑަކަށް 20 މިނެޓުގެ ކުރު ދަތުރުގެ އެއްކޮޅު ދަތުރުގެ އަގު އުޅެނީ 1029 ރުފިޔާ އަށެވެ.
ކުރެއްދޫ ހޯލްޑިންގްސް އާ ހަވާލުކޮށްގެން ތަރައްގީކުރި މި އެއަރޕޯޓަކީ 2018 ވަނަ އަހަރު މަސައްކަތް ފެށި މަޝްރޫއެކެވެ. މި މަސައްކަތް ނިންމައި ޓެސްޓް ފްލައިޓު ޖައްސާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް