ކިތަންމެ ގިނަ ބަޔެއްގެ ރުހުމާއި ތާއީދު ލިބުނަސް ބާތިލް ވާނީ ބާތިލަށް ކަމަށް ހޯމް މިނިސްޓަރ އަދި އަދާލާތު ފާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކިތަންމެ ބަޔަކު ނުރުހުނަސް، ހުތުރުބަސް ރައްދުކޮށް މަލާމާތާއި ފުރައްސާރަކުރިޔަސް ހައްގުވާނީ ހައްޤަށްކަމަށެވެ.
މީގެ އިތުރުން ކިތަންމެ ގިނަ ބައެއްގެ ރުހުމާއި ތާއީދު ލިބުނަސް ސަނާ ކިޔާ ހިތްވަރުދީ ކުރިއަރުވަން މަސައްކަތްކުރިޔަސް ބާތިލުވާނީ ހަމަ ބާތިލަށްކަމަށެވެ.
މިނިސްޓަރ އިމްރާންގެ ޓްވީޓްގައި މިމޭރުމުން ވާހަަކަދައްކަވާފައި ވާއިރު މި ދަނދިވަޅަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި ހޯމް މިނިސްޓަރ އިމްރާނަށްވެސް ފާޑު ކިޔުން އަމާޒުވަމުންދާ ދުވަސްވަރެކެވެ.
އަދި ބުރުގާ ނާޅާ ބޭރު ބަޔަކު އިސްލާމީ މަރުކަޒަށް ވެއްދި މައްސަލާއިގާވެސް އިމްރާނަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް