އެމްޑީޕީ ‏ޕާލިމެންޓަރީ ގްރޫޕް އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީީ)ގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލާން ފަށައިފިއެވެ. އެމްޑީޕީ ޕީޖީ ގްރޫޕްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް...

18 Feb 2022 | 10:08

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީީ)ގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލާން ފަށައިފިއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 17:30 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބުގައި މިހާތަނަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސް އީވާ ޢަބްދުالله ވެސް ވަނީ ވޯޓު ލައްވާފައެވެ.

މި އިންތިޚާބުގައި ޕީޖީ ލީޑަރުގެ މަޤާމަށް ވާދަކުރައްވަނީ މިހާރުވެސް އެ މަޤާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އާއި އައްޑޫސިޓީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގެންދަވަނީ ވާދަކުރައްވަމުންނެވެ.

މީގެ އިތުރުން ޕީޖީ ޑެޕިއުޓީ ލީޑަރު މަޤާމަށް ކުރިމަތިލައްވާފައި ވަނީ މިހާރު ވެސް އެ މަގާމުގައި ތިއްބެވި ދެ ބޭފުޅުން ކަމަށްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބްގެ އިތުރުން އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވާދަ ކުރައްވައެވެ.

https://twitter.com/MDPSecretariat/status/1494593695425101831

އެމްޑީޕީގެ ޕީޖީގެ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް ކުރިމަތިލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ އެވެ.  ހަމައެއާއެކު ސެކްރެޓަރީ ޖެނެރަލްގެ ނައިބު ކަމަށް ކުރިމަތިލާފައި ވަނީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމު މުއިއްޒު އެވެ. އަދި ޗީފް ވިޕުގެ އިތުރުން 6 ވިޕުން ވެސް އިންތިހާބު ކުރުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް