އިންޒާރު ދިނުމަށްފަހު ފުލުހެއްގެ ސައިކަލުގައި ރޯކޮށް އަންދާލައިފި

ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހަކަށް އިންޒާރު ދިނުމަށްފަހު އެ ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާ އަންދާލައިފިއެވެ. އެ ސައިކަލުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރު، ފުލުސް މީހާ ދިރިއުޅޭ ...

18 Feb 2022 | 07:24

ނ. މިލަދޫ ޕޮލިސް ޑެސްކުގައި މަސައްކަތްކުރާ ފުލުހަކަށް އިންޒާރު ދިނުމަށްފަހު އެ ފުލުސް މީހާގެ ސައިކަލުގައި ރޯކޮށްލާ އަންދާލައިފިއެވެ.

އެ ސައިކަލުގައި ރޯކޮށްލާފައިވަނީ ރޭ ދަންވަރު، ފުލުސް މީހާ ދިރިއުޅޭ ގޭގައި ސައިކަލު ބަހައްޓާފައި ހުއްޓައެވެ. ސައިކަލު ނިސްބަތްވާ އެ ފުލުހަށް ބަޔަކު އިންޒާރުދިނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދަނިކޮށް އެކަން ހުއްޓުވުމުންނެވެ.

މިކަމުގައި ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެ ސައިކަލުގައި ރޯކޮށްލާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯތަކުން ފެންނަގޮތުގައި ސައިކަލު ރޯކޮށްލުމުގައި ދެމީހަކު ހަރަކާތްތެރިވެއެވެ.

އެކަކު ވަދެ ސައިކަލު މައްޗަށް ޕެޓްރޯލު ހަމެއް/ފުޅިއެއް އޮއްސާލާފައި ދިއުމުން އަނެކަކު ރޯކޮށްލަނީއެވެ.

ފުލުހެއްގެ ސައިކަލު މިގޮތަށް ރޯކޮށްލާފައިވާއިރު މީގެ ކުރިންވެސް މިފަދަ ބައެއް މައްސަލަތަކުގައި ވަކި ފުލުހުންގެ މުދަަލަށް ގެއްލުންދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް