އާލިއާ ބަޓްވެސް އާއިލާއާއި ވަކިން ދިރިއުޅެން ގެއެއް ހޯދަނީ

ބޮލީވުޑްގައި މިހާރު އެންމެ ފިޔަޖަހަމުން އަންނަ އަންހެން ތަރި އާލިއާ ބަޓް އޭނާގެ އާއިލާއާއި ވަކިން ދިރިއުޅެން ފެށުމުގެ ގޮތުން އެޕާޓްމަންޓެއް ހޯދަން ފަށައިފި އެވެ. ރިޕޯޓުތައް ބުނާގޮތުން އެޕާޓްމަންޓެއް ހ...

18 Feb 2015 | 09:13

ބޮލީވުޑްގައި މިހާރު އެންމެ ފިޔަޖަހަމުން އަންނަ އަންހެން ތަރި އާލިއާ ބަޓް އޭނާގެ އާއިލާއާއި ވަކިން ދިރިއުޅެން ފެށުމުގެ ގޮތުން އެޕާޓްމަންޓެއް ހޯދަން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުން އެޕާޓްމަންޓެއް ހޯދަމުން ދަނީ އޭނާާގެ އާއިލާ އާއި އެކު މިހާރު ދިރިއުޅެމުންދާ ގެއާއި ކައިރިންނެވެ. ނަމަވެސް އޭނާ ވަކިން ދިރިއުޅުން ބަދަލު ކުރަން ނިންމި ސަބަބެއް ނޭންގުނު ނަމަވެސް އާލިއާގެ މި ނިންމުމަކީ އެންމެ ފަހުން އާއިލާއާއި ވަކިން ދިރިއުޅެން ފެށި ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރާއި އެއް ވިސްނުމެއްގައި ނިންމި ނިންމުމެއް ނޫންކަމަށް އޭނާގެ ގާތް މީހުން ބުނެ އެވެ.

ރަންބީރު އާއިލީ ގެ ދޫކޮށް ވަކިން އެޕާޓްމަންޓެއް ހިފައިގެން ބަދަލުވެފައިވަނީ އޭނާގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އާއި އެކު ދިރިއުޅުމަށެވެ. އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އޭނާގެ ފުރަތަމަ ފިލްމު "ސްޓޫޑެންޓް އޮފް ދި އިއާ" ގައި އާލިއާގެ ބައިވެރިއެއްގެ ރޯލު ކުޅެފައިވާ ސިދާތް މަލޯތްރާ އާއި އެވެ.

އާލިއާގެ ގާތް މީހަކު މީޑިއާގައި ބުނެފައިވަނީ އޭނާ އެޕާޓްމަންޓެއް ހޯދަނީ އެހެން ބޭނުމެއްގައި ކަމަށާއި، އޭނާ އަދި ދިރިއުޅެމުންދަނީ އާއިލާއާއި އެކު ކަމަށެވެ. ނަމަވެސް ފަހުން ވާނެ ގޮތެއް ނޭނގޭކަމަށް ބުނެފައިވެ އެވެ.

މީޑިއާ ރިޕޯޓޫތައް ބުނާގޮތުން އާލިއާ ނިސްބަތްވާ އާއިލާގެ މެންބަރަކު ވަކިން އެޕާޓްމަންޓެއް ހިފައިގެން ދިރިއުޅުން ބަދަލު ކުރުމަކީ އެއްވެސް މީހަކު ހައިރާންވާނެ ކަމެއް ނޫނެވެ. އެއީ އެ އާއިލާގެ ހުރިހާ މެންބަރުންނަކީވެސް އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ މަސައްކަތުން ދިރިއުޅޭ  މީހުން ކަމަށްވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް