ވަކީލެއްގެ ގޮތުގައި ޝަމީމް ބަލައިނުގަތް މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްއަށް އަނިޔާކޮށް އޭނާ މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދުގެ ގާނޫނީ ވަކީލުގެ ގޮތުގައި ކުރީގެ ޑެޕިއު...

18 Feb 2015 | 08:29

ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްއަށް އަނިޔާކޮށް އޭނާ މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިބްތިހާލްގެ މަންމަ އާފިޔާ މުހައްމަދުގެ ގާނޫނީ ވަކީލުގެ ގޮތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަ ޖެނަރަލް ހުސައިން ޝަމީމް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ އިއްޔެ އެވެ.

ޝަމީމް މީޑީއާގައި ވިދާޅުވީ މައްސަލަ އިސްތިއުނާފް ކުރެއްވީ ބަންޑާރަނައިބުގެ އޮފީހުން ހަދާފައިވާ ގަވައިދެއްގައި ޖިނާއީ މައްސަަލަތަކުގައި ދައުވާ ލިބޭ ފަރާތަށް ވަކީލަކު ހަމަޖައްސާނެ ތަނަވަސް ކަން ނެތް ނަމަ ދައުލަތުން އެކަން ކޮށްދޭންޖެހޭނެ ކަމަށް ބުނެފައިވާތީ ކަމަށެެވެ. އެގަވައިދުގައި މަރުގެ އަދަބު ފަަދަ ބޮޑެތި މައްސަަލަތަކުގައި ދައުވާ ލިބޭ ފަރާތަށް ވަކީލަކު ހަމަޖައްސަން ބާރު އަޅާފައިވާ ކަމުގައިވެސް ޝަމީމް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުން ބުނީ އާފިޔާގެ ވަކީލުގެ ގޮތުގައި ޝަމީމް ބަލައިނުގަތުމަށް ނިންމީ، ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގެ 14 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެމާއްދާގައި ބުނެފައިވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި މަސައްކަތްކުރާ ވަކީލުން، ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި މަގާމުން ވަކިވުމަށް ފަހުވެސް ވަކި މުއްދަތެއް ވަންދެން އެފަދަ މައްސަލަތަކުގައި ވަކާލާތު ނުކުރެވޭނެކަމަށް ބުނެފައިވެ އެވެ. އެ އުސޫލުގެ 14 ވަނަ މާއްދާގެ (4) ގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމުގެ މަގާމާއި، އޭނާގެ ނައިބްކަން ކޮށްފައިވާ ބޭފުޅަކު މަގާމުން ވަކިވިތާ ތިން އަހަރު ތެރޭގައި ޖިނާއީ އެއްވެސް މައްސަލައެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް