މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ ހާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީ އަލުން އެކުލަވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީ ރައީސުލްޖުމްޙޫރިއްޔާ އަލުން އެކުލަވާލައްވައިފި އެވެ. އެ ކޮމިޓީ އަލުން އެކުލަވާލެއްވީ މީގެ ކުރިން އޮތް ކޮމިޓީގެ...

18 Feb 2015 | 07:13

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމާބެހޭ ފަންނީ ކޮމިޓީ ރައީސުލްޖުމްޙޫރިއްޔާ އަލުން އެކުލަވާލައްވައިފި އެވެ.

އެ ކޮމިޓީ އަލުން އެކުލަވާލެއްވީ މީގެ ކުރިން އޮތް ކޮމިޓީގެ މުއްދަތު ހަމަވުމުންނެވެ.

ރައީސް އޮފީހުން ބުނީ އަލުން އެކުލަވާލި ކޮމިޓީގެ ޗެއާމަނަކަށް ރައީސް ހަމަޖައްސަވާފައިވަނީ ފިޝަރީޒް މިނިސްޓާ ޑރ. މުޙަންމަދު ޝައިނީ ކަމަށެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ގ. ވައިޖެހޭގެއާގޭ ޑރ. މުހަންމަދު ޢާސިމާއި، މ. ދާޝިން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާއާއި، މ. އެމޭޒަން ޑޮކްޓަރ މަރްޔަމް ސުޒީ އާދަމާއި، މ. ހުކުރަދިގޭ ޑރ. އިބްރާހީމް ޔާސިރު އަހުމަދެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ ހާއްސަ އިނާމަކީ ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން ފާހަގަ ކުރުމަށް ދޭ އިނާމެކެވެ. އަދި އެފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން ފެންނާނެ ގޮތަކަށް ބަދަލު ކުރުމަށް ދޭ ހިއްވަރެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ،

އެ އިނާމު ދެނީ ކޮންމެ އަހަރެއްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް