ހިއްސާއަކަށް 4.72 ރުފިޔާ ބަހަން ދިރާގުން ނިންމައިފި

މިދިޔަ އަހަރު ދިރާގަށް ލިބުނު ފައިދާއިން ހިއްސާއަކަށް 4.72ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ. ދިރާގުން ބުނީ ސާފު ފައިދާގެ ގޮތުގައި 358 މިލިއަން ރުފިޔާ ލިބިފައިވާއިރު ހިއްސާ ...

18 Feb 2015 | 06:39

މިދިޔަ އަހަރު ދިރާގަށް ލިބުނު ފައިދާއިން ހިއްސާއަކަށް 4.72ރ. ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.

ދިރާގުން ބުނީ ސާފު ފައިދާގެ ގޮތުގައި 358 މިލިއަން ރުފިޔާ ލިބިފައިވާއިރު ހިއްސާ ބެހުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރުގެ އަހރީ އާންމު ޖަލްސާގައި އިއުލާން ކުރެވޭ "ބުކް ކްލޯޒާ ޑޭޓް" ގައިރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

ނަމަވެސް ދިރާގުގެ އާންމު ޖަލްސާ ބާޢްވާނެ ދުވަހެއް އަދި ކަނޑަނާޅަ އެވެ.

މިދިޔަ އަހަރު ދިރާގުން ހިއްސާގެ ގޮތުގައި 435 މިލިއަން ރުފިޔާ ބަހާފައިވާއިރު ހިއްސާދާރަކަށް ޖެހިފައިވަނީ 5.72 ރުފިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް