އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އޮފިޝަލުންނާ ހަވާލާދީ، އެ ގައުމުގެ މީޑިއާ އިން ބުނެފައިވަނީ އަންނަ މަހު މޯދީ ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅަށް ފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނީ، ރާއްޖެ އާއި މޮރިޝަސް އަށް ވަޑައިގަތުމަށް ފަހު އެވެ.
މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ މައުލޫމާތު އަދި އެއްވެސް ސަރުކާރަކުން ހާމަކޮށްފައި ނުވިނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯދީގެ ދަތތުރުފުޅުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭތީ އެ މުނާސަބަތު ފާހަގަކުރުމަށް ރާއްޖޭގައި ހާއްސަ ހަފުލާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ރާއްޖެ އަށް ވަޑައިގަންނަވަން ރައީސް އަބްދުﷲ ޔާމީން މިދިޔަ އަހަރު ދެއްވި ދައުވަތު ގަބޫލުފުޅުކުރައްވާފަ އެވެ. އަދި ވަރަށް އަވަހަށް ރާއްޖެ އަށް ޒިޔާރަތްކުރައްވާނެ ކަމުގެ އިޝާރާތެއް އެ މަނިކުފާނު ދާދި ފަހުން ދެއްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް