ޣައްޒާ ސީޒްފަޔަރ އެއްބަސްވުން ފެށޭ ގަޑިއަކީ ރާއްޖޭގަޑިން ބަލާނަމަ ހެނދުނު 11:30

15 މަހަށްވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ ހަމަލަތައް ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއިން ވެފައިވާ އެއްބަސްވުމަށް މާދަމާ އަމަލުކުރަން ފަށާނެއެވެ. މާދަމާ (19 ޖަނަވަރީ) އާދީއްތަ ދުވަހުގެ ހެނދުނު ޣަ...

18 Jan 2025 | 16:57

15 މަހަށްވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ ހަމަލަތައް ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއިން ވެފައިވާ އެއްބަސްވުމަށް މާދަމާ އަމަލުކުރަން ފަށާނެއެވެ.

މާދަމާ (19 ޖަނަވަރީ) އާދީއްތަ ދުވަހުގެ ހެނދުނު ޣައްޒާ އަދި އިސްރާއީލު ގަޑިން 08:30 ގައި އެ އެއްބަސްވުމަށް އަމަލުކުރަން ފަށަން ދެ ފަރާތުން އެއްބަސްވެފައިވާކަމަށް ޤަތަރުގެ ޚާރިޖީ ވުޒާރާއިން މިއަދު ބުނެފައިވެއެވެ. ޤަތަރަކީ ހަމަލަތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް ގެނައުމުގައި އިސް މެދުވެރިއެއްގެ ރޯލު ކުޅުނު ޤައުމެވެ.

ރާއްޖޭ ގަޑިން ބަލާނަމަ އެއީ މާދަމާ ހެނދުނު 11:30 އެވެ.

އެހެންކަމުން މާދަމާ ރާއްޖޭ ގަޑިން ބަލާނަމަ 11:30 ގައި ހަމަލަ ދިނުން އިސްރާއީލުން ހުއްޓާލާނެއެވެ. އަދި ޣައްޒާއަށް އެހީގެ ލޮރީތައް ވަންނަން ފަށާނެއެވެ. އަދި ހަމަ އެހެންމެ ހަމާސް އިން އިސްރާއީލުގެ 33 އަސީރަކު މާދަމާ މިނިވަންކުރާއިރު އިސްރާއީލުން އޭގެ ބަދަލުގައި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަޞްޠީނަށް ނިސްބަތްވާ ހާހެއްހާ ހައްޔަރީން މިނިވަން ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް