ޤައުމީ ޤުރުއާން މުބާރާތް ބާއްވާ ތާރީހް ފަސްކޮށްފި

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ބާއްވާ ތާރީހް ފަސްކޮށްފިއެވެ. ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަރުން ބުނީ ޤައުމީ ޤުރުއާން މުބާރާތް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހް ފަސްކުރީ، ގްރޭޑް...

18 Jan 2024 | 10:22

ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ބާއްވާ ތާރީހް ފަސްކޮށްފިއެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަރުން ބުނީ ޤައުމީ ޤުރުއާން މުބާރާތް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހް ފަސްކުރީ، ގްރޭޑް 10ގެ ދަރިވަރުންގެ މޮކް އެގްޒާމާއި ދިމާވާތީ އެ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މިއާއެކު، އިތުރު މުއްސަސާތަކާއި ބައިވެރުން ރަޖިސްޓްރީކުރުމުގެ ފުރުސަތު މި ޖަނަވަރީ މަހުގެ 22 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަރުން ބުނީ މުބާރާތް ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް