އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފި

އެޗްޑީސީގެ ގާނޫނީ ނަން "ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން"، އަލުން އެ ކޯޕަރޭޝަނުގެ ރަސްމީ ނަމުގެ ގޮތުގައި ބޭނުންކުރުމަށް ނިންމައިފިއެވެ. އެ ކޯޕަރޭޝަނުން މިއަދު ބުނެފައިވާގޮތުގައި މިހާރު ބޭނުންކުރަމު...

18 Jan 2024 | 06:09

އެޗްޑީސީގެ ގާނޫނީ ނަން "ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން"، އަލުން އެ ކޯޕަރޭޝަނުގެ ރަސްމީ ނަމުގެ ގޮތުގައި ބޭނުންކުރުމަށް ނިންމައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނެފައިވާގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އަރބަންކޯގެ ނަމުގެ ބަދަލުގައި އެޗްޑީސީ ބޭނުންކުރަން ނިންމާފައިވަނީ މި ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށެވެ. މި ކޯޕަރޭޝަނުގެ ނަން އަރބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވެއެވެ. ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީ ކަމުގައިވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އުފެއްދީ، ކުރީގެ ރައީސުލް ޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން 2001 ވަނަ އަހަރުއެވެ. މިއަދު އެޗްޑީސީއަކީ އާބަން ޑިވެލޮޕްމެންޓް ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކޯޕަރޭޝަން އެވެ. އެ ކޯޕަރޭޝަންގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ. މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް ތިނެއް ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށް އެބަދެއެވެ.

އެޗްޑީސީން މިއަދު ބުނެފައިވާގޮތުގައި އެ ކޯޕަރެޝަނުން އެންމެ އިސްކަންދޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކަކީ އިގްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުމެވެ. މިކަން ހާސިލް ކުރުމަށް އެ ކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ބޯހިޔާވަހިކަން ތަރައްގީކޮށް އެންމެނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށާއި އެ ކޯޕަރޭޝަންގެ އަމާޒަކީ ތަރައްގީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުން ކަމުގައިވެސް އެޗްޑީސީއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް